ބޭނުންވާނެ ތަކެތި

  • 4 ބިސް
  • 200 ގްރާމް ޑާކް ޗޮކޮލެޓް
  • 1 ޖޯޑު ވިޕިންގ ކްރީމް
  • 1/2 ޖޯޑު ހަކުރު
  • 1 ޕެކެޓް ޗިޕްސް މޯ ބިސްކޯދު
  • 3 މޭޒުމަތީ ސަމުސާ ބަޓަރު ނުވަތަ މާޖިރިން (ވިރުވާފައި)

ތައްޔާރު ކުރާނެ ގޮތް

  1. ބިސްކޯދުތައް މިކްސަރަށް އަޅާލާފައި ހިމުން ކޮށްލާށެވެ. އެއަށްފަހު ބަޓަރު ރަނގަޅަށް އެއްކޮށްލުމަށްފަހު ޓްރޭގައި ފަތުރާލާށެެވެ. އަދި ސެޓްވަންދެން އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.
  2. ބިހުގެ ގޮބޮޅި އާއި ހުދުބައި ވަކިކޮށްލާށެވެ. އެއަށްފަހު ބިހުގެ ގޮބޮޅިއާއި ހަކުރު ކްރީމްއަށްވަންދެން ގިރާލާށެވެ.
  3. ޗޮކްލެޓް ވިރުވުމަށްފަހު މަދުމަދުން އަޅަމުން ކްރީމް ބަޔާއި އެއްކޮށްލާށެވެ.
  4. ބިހުގެ ހުދުބައި ފޮނަށް ވަންދެން ގިރާލުމަށްފަހު މަޑުމަޑުން ކްރީމް ބަޔާއި އެއްކޮށްލާށެެވެ. އެއްކުރަން ރަބަރު ދޭފަތެއް ބޭނުން ކުރާށެވެ.
  5. ވިޕިންގ ކްރީމް ވިޕް ކުރުަމަށްފަހު އެބަޔާއި އެއްކޮށްލާށެވެ. އަދި ބިސްކޯދު ލޭޔަރ މައްޗަށް އަޅާލުމަށްފަހު ސެޓްވަންދެން އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.