ބޭނުންވާ ތަކެތި

  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 1 މޭޒުމަތީ ސަމްސާ ބަޓަރު
  • 1 ފިޔާ (ގާނާފައި)
  • 250ގ މަޝްރޫމް (ފޮތިކޮށްފައި)
  • 3 ލޮނުމެދު (ގާނާފައި)
  • 200 އެމްއެލް ކިރު
  • 1 ލުނބޯގެ ތޮށި (ގާނާފައި)
  • 200ގ ޕާމެސަން ޗީޒް
  • 300ގ ސްޕެގެޓީ ޕާސްތާ

ތައްޔާރު ކުރާނެ ގޮތް

  1. 2 ޖޯޑު ފެނުގައި ސްޕެގެޓީ މަޑުވަންދެން ކައްކާށެވެ. ކެކުމުން އޭގެ ތެރެއިން ޕާސްތާ ފެންފޮދެއް ނަގާށެވެ.
  2. ތެއްޔަކަށް ތެޔޮފޮދާއި، ބަޓަރުކޮޅު އަޅައި ފިޔާ ކޮޅު ރަތް ކޮށްލާށެވެ. ފިޔާގަނޑު ރަތްވުމުން އޭގެ ތެރެއަށް މަޝްރޫމްކޮޅު އަޅައި ރޯ ފިލުވާލާށެވެ.
  3. އޭގެ ތެރެއަށް ލޮނުމެދުކޮޅު އަޅައި ކިރު ކޮޅު އަޅާލާށެވެ. ކިރު ރަނގަޅަށް ކެކިގަތުމުން ލުނބޯ ތޮށްޓާއި ޗީޒް އަޅާށެވެ.
  4. .ޕާސްތާ ކޮޅު ކެކުމުން ކްރީމްކޮޅު ތެރެއަށް އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ނެގި ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.