އިއްޔެ ރޭ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ދޯންޏާއެކު ތިން މީހުން ގެއްލުނުތާ 24 ގަޑިއިރު ވީއިރު ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު އަލީ ނާފިއު 33 އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު 39، އެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުހައްމަދު ހަމްދޫން 35 އެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށެވެ.
ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް "ފްރެންޓް-4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށްގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މި ހާދިސާގައި އެ ތިން މީހުން ގެއްލުނީ އެ ދޯންޏާއި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެމީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތަކާއި ސީ އެމްބިއުލޭންސް "SA038 ,SA037"ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން އެ 3 މީހުން އަދި ފެނިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯނި ފެތުނުއިރު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު
ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި
ކަނޑުއޮޅިން އެމެރިކާއާއި އިޒްރޭލުގެ ބޯޓުތައް މަނާކުރާ ގާނޫނެއް