އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި ގުޅިގެން އެސްޓްރަޒެނެކާއިން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގައި ބައިވެރިވި މީހެއްގެ ގައިން ގޮތް ނޭނގޭ ބައްޔެއް ފެނުމުގެ ސަބަބުން ވެކްސިންގެ ޓެސްޓްތައް މެދުކަނޑާލައިފި އެވެ.

މި ވެކްސިނަކީ ދުނިޔެއިން ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތުގެ އެންމެ ކުރީގައި އުޅުނު ވެކްސިނެވެ.

"މިހާރު ކުރިއަށްދާ ރެންޑަމް ކޮންޓްރޯލްޑް ޓެސްޓު ތަކުގައި އަހަރެމެންގެ ގެ ސްޓޭންޑާޑް ރިވިއު ޕްރޮސެސްގެ ދަށުން މިހާރު ވާނީ މިނިވަން ކޮމިޓީ އަކުން ސޭފްޓީ ޑޭޓާ ލިބެންދެން ވެކްސިން ދިނުން މެދުކަނޑާލާފައި،" އެސްޓްރަޒެނެކާގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

"މިއީ ޓެސްޓުތަކުގެ ތެރޭގައި އެއްވެސް ބައިވެރިއެއްގެ ފަރާތުން ގޮތްނޭނގޭ ބަލިމަޑުކަމެއް ފެނިއްޖެ ނަމަ ނަގަންޖެހޭ ރޫޓީން އެކްޝަން އެއް."

އެ ކުންފުނިން އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި ޓެސްޓްތަކުގައި ބައެއް ފަހަރު ބައެއް މީހުންނަށް ބަލިތައް ޖެހޭނެ ކަމަށާއި އެ ކޭސްތައް ޖެހޭނީ ވަކި ވަކިން ތަހުގީގު ކުރަން ކަމަށެވެ.

ބަލިވި މީހައަކީ ކޮންތާކު މީހެއް ކަމާއި ބެލީގެ އިތުރު ތަފްސީލެއްވެސް ހާމަކޮށްފައި ނުވެ އެވެ.

ކްލިނިކަލް ޓެސްޓް މަރުހަލާގައި އެކި ސަބަބު ތަކާއި ހެދި މެދުކަނޑާލަން ޖެހޭ ފަރަހު އާދެ އެވެ. އެހެން ނަމަވެސް މިއީ ކޮރޯނާ ވައިރަސް ވެކްސިންގެ ޓެސްޓްތައް މެދުކަނޑާލަން ޖެހޭ ފުރަތަމަ ފަހަރެވެ.

އެސްޓްރަޒެނެކާ އަކީ ކޮރޯނާ ވައިރަސްގެ ވެކްސިން ޓެސްޓް ފޭސް 3 ކުރިއަށްދާ ނުވަ ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ.