ރޯދަ މަހަކީ ދުވާލުގެ ގިނަ ވަގުތު ނުކައި ތިބެން ޖެހޭ މަހެއް ނަމަވެސް ގިނަ ބަޔަކު އެ މަސް ނިންމާލަނީ ކައްޓާއަށް އިތުރު ދެތިން ކިލޯ އެއްކޮށްލައިގެންނެވެ. ބަރުދަން އިތުރުވުމުގެ ބަދަލުގައި ލުއި ކުރަން އަހަރުމެންނަށް ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުއްޓެވެ.

ލުއި ރޯދަ ވީއްލުމެއް ނެގުން

ރޯދަ ވީއްލާ ވަގުތު ކުޑަ އެތިކޮޅެއް ކާށެވެ. ހާއްސަކޮށް އެގަޑީގައި ތެޔޮ ހުންނަ ހެދިކާ ނުކައި، ތަރުކާރީ ފަދަ ލުއިއެއްޗެއް ކާށެވެ. އަދި ތަރާވީހަށްފަހު މަދު ހެދިކާކޮޅެއް ކާށެވެ. ކޮންމެ ގަޑިއަކުވެސް ކާނީ މަދު އެތިކޮޅެކެވެ.

ލަސްލަހުން ރަނގަޅަށް ހަފައިގެން ކެއުން

ކާއެއްޗެހި ރަނގަޅަށް ހަފައިގެން މަޑުމަޑުން ކެއުމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އަވަހަށް ބަނޑުފުރުމަށްވެސް އެހީވެދޭނެ އެވެ.

ތައްޔާރީ ބުއިންތައް ބޭނުން ނުކުރުން

ތައްޔާރީ ބުއިންތަކުގެ ބަދަލުގައި ގުދުރަތީ މޭވާއާ ތަރުކާރީން ތައްޔާރުކުރާ ބުއިންތައް ހިމަނާށެވެ. އަދި ފޮނި މަޑުކޮށް ބުއިމަށް އާދަކުރާށެވެ.

ގިނައިން ފެން ބޯން ބުއިން

ހަމައެފަދައިން ކެއުމުގައި ފެން ބުއިން އިތުރު ކުރާށެވެ. ކެއުމުގެ ކުރިން ފެންތައްޓެއް ބުއިމަށްފަހު ކާށެވެ. އެއީ ކާ މިންވަރު މަދުކޮށްދޭ ކަމެކެވެ. އިރު އޮއްސުމުން ފެށިގެން ފަތިސް ވަގުތާ ހަމައަށް އ8 ތަށި ފެން ބޯން އާދަ ކުރާށެވެ.

ކަސްރަތު ކުރުން

ރޯދަ މަހު ވެސް ލުއި ކަސްރަތެއް ކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. 30 މިނެޓް ހިނގާލުން ނުވަތަ ބައިސްކަލު ދުއްވުންފަދަ ލުއި ކަސްރަތެއް ކޮށްލާށެވެ. ނުވަތަ ގޭގައި ޔޯގާކޮށްލުމަކީވެސް ފައިދާހުރި ކަމެކެވެ.