އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި ފިތުރު އީދުގައި ވެސް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ފެނިލުމަކަށް އެދި އޭނާއަށް ސަޕޯޓުކުރާ އެތައް ހާސް ބަޔަކު އޭނާގެ ގެ މަންނަތު ކައިރިއަށް އެއްވެއްޖެ އެވެ.

އިންޑިއާގެ މުމްބާއީގައި ފިނިހޫނުމިން އިންތިހާއަށް މަތިވެފައިވީ ނަމަވެސް ހޫނަށް ބެލުމެއް ނެތި ޝާހުގެ ސަޕޯޓަރުން ވަނީ ކެތްތެރި ކަމާއެކު މަންނަތުގެ ބޭރުގައި އިންތިޒާރު ކޮށްފަ އެވެ.

އެ ސަޕޯޓަރުންނަށް ދިން އީދު ހަދިޔާއެއްގެ ގޮތުން ޝާހްރުކް ވަނީ އޭނާގެ ގޭގެ ބެލްކަންޏަށް ނުކުމެ އެއްވެ ތިބި މީހުންނާ ސަލާމް ކޮށްފަ އެވެ.

https://www.instagram.com/p/CrVeCzUoUFg/?utm_source=ig_embed&ig_rid=e6bd5e6a-a7cd-4944-9c21-e87c196a4ee8

ސާދާ ހުދު ޓީޝާޓެއްގައި ޝާހު ފެނިގެން ދިޔައިރު އޭނާގެ އެންމެ ހަގު ދަރިފުޅު އަބްރާމް ވެސް ވަނީ ބައްޕައާއެކު އެއްވެ ތިބި މީހުންނަށް ހަނާ އަޅާފަ އެވެ.

މިއީ ޝާހްރުކްގެ އަބަދުގެ ވެސް އާދަ އެކެވެ. ކޮންމެ އީދަކާ ދިމާކޮށް އެތައް ހާސް ބަޔަކު އެ ސަރަހައްދަށް އެއްވާއިރު ކޮންމެ ފަހަރަކު ވެސް އޭނާ ގޭގެ ބެލްކަންޏަށް ނުކުމެ އާއްމުންނާ ސަލާމް ކުރެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހްރުކް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަތްލީ ޑައިރެކްޓްކުރާ "ޖަވާން" ފިލްމުން އެކްޓްރެސް ނަޔަންތްރާއާ އެކުގަ އެވެ.