ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އޭނާގެ ލޯބިވެރިޔާ ގެބްރިއެލް ޑިމެޓްރިއެޑްސްއަށް ދެ ވަނަ ދަރިޔަކު ލިބެން އުޅޭ ވާހަކަ އިއުލާނު ކޮށްފި އެވެ.

ގެބްރިއެލް ދެވަނަ ކުއްޖަކަށް ބަލިވެއިންކަން ސަޕޯޓަރުންނާއި ހިއްސާކޮށްފައިވަނީ ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި މެޓަރނިޓީ ފޮޓޯޝޫޓްއެއްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ.

Adv by Dhiraagu
Dhiraagu
Adv by Coca Cola
Coca Cola

މި ޕޯސްޓްކުރުމާއެކު، އަރްޖުންއާއި ގެބްރިއެލާއަށް ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ މަރުހަބާ ކިޔާފަ އެވެ.

އަރްޖުން ރާމްޕާލް އާއި ގެބްރިއެލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެދެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ 2019 ވަނަ އަހަރު އެވެ. އެކުއްޖާގެ ނަމަކީ އާރިކްއެވެ. މިއީ ގެބްރިއަލްގެ ދެވަނަ ދަރިފުޅު ނަމަވެސް މީގެ ކުރިން ކުރި ކައިވެންޏަކަށް އަރުޖުން އަށް ވަނީ ދެ އަންހެން ކުދިން ލިބިފަ އެވެ.

ދެކުނު އެފްރިކާގެ މޮޑެލްއެއް ކަމަށްވާ ގެބްރިއެލާ އަކީ ވެސް ޑިޒައިނަރެކެވެ. އޭނާ އަކީ ޑެމޭ ލަވް ކިޔާ ފެޝަން ލޭބަލެއްގެ ވެރިޔާ އެވެ.

"ރާ.ވަން" އާއި "ރާޖްނީތީ" ފަދަ ފިލްމުތައް ކުޅުނު އަރުޖުން އެންމެ ފަހުން ފެނިފައި ވަނީ ޒީ5 އިން ސްޓްރީމް ކުރި ވެބް ސީރީޒް "ދަ ފައިނަލް ކޯލް" އިންނެވެ.