މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރުހަމަކުރި ދަރިވަރުންގެ ތެރެއިން "ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާސިޕް"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސްކޮލާޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ބޭނުންވާ ގައުމެއްގައި ކޯސް ފުރިހަކުރެވޭނެ އެވެ.

ސްކޮލަޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ސްކޫލް މަދަރުސާއެއްގައި، 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަކަށް ވާންޖެހޭނެ އެވެ. އަދި އިސްލާމާއި ދިވެހި ހިމެނޭގޮތަށް ފަސް މާއްދާއިން އޭ.ސްޓަރ ހާސިލްކޮށްފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ.ސްޓާ ހާސިލްކޮށްފައިވުން ހިމެނެ އެވެ. ނުވަތަ ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ"އިން ފެށިގެން މަތީ ގްރޭޑް ލިބިފައި އޮތުން ހިމެނެ އެވެ.

މިސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުން myedu.egov.mv ޕޯޓަލް މެދުވެރިކޮށް ލިޔުންތައް ހުށައެޅޭނެ އެވެ.

މިދިޔަ އަހަރު ޖުމްލަ 2849 ދަރިވަރުން ވަނީ އޭލެވެލް އިމްތިހާނުގައި ބައިވެރިވެފަ އެވެ. މީގެތެރެއިން 2785 ދަރިވަރުންނަކީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިހާނުގައި ހެދި ދަރިވަރުންނެވެ. އަދި 1299 ދަރިވަރުންނަކީ އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނެވެ.