ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންހް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދެމުން ގެންދާ ކޮންސެޓުތަކުގެ ތެރެއިން ކޮންސެޓެއްގައި އޭނާއަށް އަނިޔާ ވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި މަހާރަސްތްރާގެ އޯރަންގްއާބާދުގައި ބޭއްވި ލައިވް ކޮންސެޓުގެ ތެރެއިން އަރިޖިތުގެ އަތަށް ވަނީ އަނިޔާވެފަ އެވެ.
އެއީ ދެ ހުށައެޅުމުގެ ދޭތެރެއިން ކޮންސެޓަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަނިކޮށް އޭގެ ތެރެއިން އެކަކު އޭނާއާ ސަލާން ކުރަން އުޅުމުގެ ތެރޭގައި އަތަށް މާ ބާރަށް ދަމައިގަތުމުން ލިބުނު އަނިޔާއެއް ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ގަޑީގައި ނަގާފައިވާ ބައެއް ވީޑިއޯތަކުން އަރިޖީތު އޭނާގެ އަތަށް ތަދުވާ ކަމަށާއި އަތުން ދޫކޮށްލުމަށް އެމީހާ ކައިރިން އެދޭ މަންޒަރު ފެނެ އެވެ.
ކޮންސެޓަށް ފަހު އަރިޖީތު ވަނީ ހޮސްޕިޓަަލަށް ގޮސް އޭނާގެ އަތަށް ފަރުވާ ހޯދައިފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ސަޕޯޓަރުންނާ ހިއްސާކުރި އެވެ.
އާޓިސްޓުންނަށް ސަޕޯޓު ވެސް ކުރަންވާނީ ވަކި ހުދޫދެއްގެ ތެރެއިން ކަމަށާއި ފަންނާނުންގެ ގަޔަށް ބޮލަށް އެރުމަކީ ފޭނުން ވުިޔަސް ކުރަން ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަރިޖީތު ވަނީ ވަރަށް ފަހުން އޭނާގެ އުފަން އަވަށުގައި އަމިއްލަ ހަރަދުގައި ހޮސްޕިޓަލެއް އަޅަން ނިންމައި އެކަމުގެ މަސައްކަތްތައް ފަށައިފަ އެވެ.