މަނީ ލޯންޑާކުރިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ނިމި، ހުކުމްކުރުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ހައިކޯޓުން ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.
އެމަނިކުފާނު ޖަލުގައި ހުންނަވާތާ މިއަދަށް 400 ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ.
ރައީސް ޔާމީންގެ ވަކީލަކު ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެކަން އަންގާފައިވާ ކަމަށެވެ.
ހައިކޯޓުން ހުކުމް ކުރުމުގެ މަޖިލީސް ތާވަލުކޮށްފައި މިވަނީ އިސްތިއުނާފު ޝަރީއަތް ނުނިމި ދިގުލައިގެންދާތީ އެމަނިކުފާނުގެ ވަކީލުންނާއި އާއިލާއިން އަދި އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލުކުރީ އަޑުއެހުންތައް ނިންމިތާ ގާތްގަނޑަކަށް ތިން މަސްފަހުންނެވެ.
"އެންމެ އަގުބޮޑު ތަރީ"ގެ ލަގަބަކީ ދޮގެއް: ހެމާ މާލިނީ
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!