އެމެރިކާއިން އިންޑިއާއަށް ކަނޑައަޅުވާފައިވާ ސަފީރު އެރިކް ގާސެޓީ، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާނާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން އޮތީ ޝާހްރުކްގެ ގޭ މަންނަތުގަ އެވެ.
މި ބައްދަކުރުމާ ބެހޭ ގޮތުން އެމެރިކާ ސަފީރު ވިދާޅުވީ ފިލްމީ ދާއިރާއާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ހޮލީވުޑް އާއި ބޮލީވުޑްއަކީ މުޅި ދުނިޔެއަށް އޭގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ދެ އިންޑަސްޓްރީ ކަމަށް ސަފީރު ވިދާޅުވި އެވެ.
"މިއީ ބޮލީވުޑަށް ތައާރަފްވާންވީ ވަގުތުތަ؟" ސަފީރު ސަމާސާ ގޮތަކަށް ސުވާލު ކުރެއްވި އެވެ.
މަންނަތުގައި ޝާހްރުކާއެކީ ބައްދަލުވުމުގައި އޭނާގެ އަންހެނުން ގޯރީ ޚާން ވެސް ބައިވެރިވި އެވެ.
އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު ކަމަށް އެރިކް އައްޔަންކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ޝާހްރުކްއަކީ ބޮލީވުޑްގައި އެންމެ ނުފޫޒު ގަދަ އެކްޓަރުން ތެރޭގައި ހިމެނޭ ފަންނާނެކެވެ.
އޭނާގެ އަމިއްލަ ފިލްމު ކުންފުންޏެއް އޮންނައިރު އޭނާގެ ދޮށީ ދެދަރިން ވެސް މިހާރު އަންނަނީ ބޮލީވުޑްގައި މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިންއައީ ޗައިނާއިން
އަމިއްލަ ނަފްސުގެ ހަމަޖެހުމަށްޓަކައި ދުރުވާންޖެހޭ 5 ހާލަތެއް!
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި