މޫނުގެ ހަންގަނޑު ތެޔޮވުމަކީ އަހަރުމެންގެ މެދުގައި ވަރަށް އާއްމު ކަމެކެވެ. އެކަމުގެ ސަބަބުން ހަމުގެ ގިނަ މައްސަލަތަކެއް ދިމާވާ ވެސް ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ތެޔޮ މޫނަކަށް ދެވިދާނެ ބައެއް ފަރުވާ ތަކަށެވެ.

ޓިއުމަރިކް ޕޭސްޓް

ޓިއުމެރިކް ޕައުޑަރު (ރީނދޫ) އަދި ސޭންޑަލް ވުޑް ޕައުޑަރު (ކެލާ) ފެންފޮދެއްގައި އޮލަކޮށް ގިރާލާށެވެ. މި ޕޭސްޓު މޫނުގައި އުނގުޅާފައި 15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި ފޭސްޕެކް ކޮންމެ ދުވަހަކު އެއްފަހަރު ބޭނުން ކޮށްލެވިދާނެ އެވެ.

ރޯސްވޯޓާ ޕޭސްޓް

ސޭންޑަލް ވުޑް ޕައުޑަރ (ކެލާ)އަށް ރޯސްވޯޓަރ (ފިނިފެން) އެޅުމަށްފަހު ފޭސްޕެކް ތައްޔާރުކޮށް މޫނުގައި އުނގުޅާށެވެ. މިފޭސްޕެކް ކޮންމެދުވަހަކު މޫނުގައި އުނގުޅާފައި ބަހައްޓާނީ 15 މިނެޓް ވަންދެންނެވެ.

ސިނަމަން ޕޭސްޓް

ސިނަމަން ޕައުޑަރު (ފޮނިތޮށި)، ލުނބޯ ޖޫސް އަދި މާމުއި ކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓް ތައްޔަރު ކުރާށެވެ. މި ޕޭސްޓް ކޮންމެ ދުވަހަކު މޫނުގައި އުނގުޅާފައި އެއް ގަޑި އިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިޕޭސްޓުން މޫނުގައި ހުންނަ ލަކުނު އަދި ބިހިތައް ފިލާނެ އެވެ.