ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން "ދަ ޑިމޮކްރެކްޓްސް"އަށް ސޮއިކޮށްފި އެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދެވުމުގައި އެންމެ އިސްބޭފުޅުންގެ ތެރޭގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ ހުރިހާ ކައުންސިލް މެމްބަރުން އެ ޕާޓީއަށް މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ބޮޑު ކާމިޔާބީއެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީގެ ކައުންސިލަރު އާތިފާ އަލީ މިވަގުތު ލަންކާގައި ހުންނެވުމާ ގުޅިގެން އޭނާ ބައިވެރިވެފައި ނުވިޔަސް އޭނާވެސް ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްއަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ.

އެމްޑީޕީގެ މެޖޯރިޓީ ސިޓީ ކައުންސިލްގައި ގެއްލިފައިވާއިރު ކުޅުދުއްފުށީގައި މި ސަރުކާރުން ވައުދުވެ ކުރަން ބުނި ކަންކަން ކުރިއަށް ނުދާތީ އެ ސިޓީގެ މަޖިލިސް މެންބަރުންނާއި މޭޔަރުވެސް މީގެކުރިން އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.