ކަރަންޓު ދޭ މައި ކޭބަލެއް ބުރިވެގެން، ހިޔާ ފްލެޓްތައް ހިމެނޭހެން ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ ކަރަންޓް ކެނޑިއްޖެ އެވެ.

ހިޔާ ފްލެޓްތައް ހިމެނޭހެން ހުޅުމާލޭގެ ބޮޑު ބަަޔަކުން ކަރަންޓު ކެނޑުނީ ހެނދުނު 10:07 ހާއިރު އެވެ.

ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ވިނަރެސް ފްލެޓްތައް ކައިރީގައި ކޮނުމުގެ ތެރޭގައި ހަލާކުވި ޑިސްޓްރިބިއުޝަން މަައި ކޭބަލް. ފޮޓޯ: ސްޓެލްކޯ

މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލެ އިން ދޭތެރެދޭތެރެ އިން ކަރަންޓު ދިއުން އާންމުވަމުންދާ ކަމުގެ ޝަކުވާ އެތައް ބަޔަކު ކުރެ އެވެ.

މިދިޔަ ރޯދަަހު ވެސް ކަރަންޓް ކޭބަލެއް ކެނޑިގެން ހިޔާގެ ބައެއް ޓަވަރުތަކުން ހަތަރު ގަޑިއެއްހާއިރަށް ކަރަންޓު ކެނޑިފައިވެ އެވެ.