ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް ހިންގަވަނީ ބޭނުންފުޅު ގޮތަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިން "އުފާވެރި އަމާން ރާއްޖެ" ފެށުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ

މި ވެރިކަމުގައި ސިޔާސީ ލީޑަރުންނަށް މިނިވަން ކަމާ އެކުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ނަޝީދުގެ ނަން ނުގެންނަވައި އެކަމަކު، އެމަނިކުފާނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ނަޝީދު ބޭނުންފުޅުވާ ގޮތަށް މަޖިލިސް ވެސް ހިންގޭ ކަމަށެވެ. "ސިފައިން ވަދެ ނުހުއްޓުވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރައީސް ޔާމީން ގެ ވެރިކަމުގައި މަޖިލިހުގެ މެމްބަރުންތަކެއް މަޖިލިހަށް ވެންނެވުމަށް ވަޑައިގަތުމުން ހިފައި ހައްޔަރުކޮށް، އެ މެމްބަރުންނާ ދެކޮޅަށް ދައުވާ ވެސް ކުރެއްވި ކަންކަމަށް އިޝާރާތްކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ވެރިކަމުގައި ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާކަށް ނުޖެހެއެވެ. ޓީވީ ޗެނަލްތައް ބަންދު ކުރަން ނާނގާ އިރު، އެއްވެސް ޗެނަލެއް ޖޫރިމަނާކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވުނުކަމުގެ އުފާ މިއަދު އިހްސާސު ކުރެއްވޭކަމަށެވެ.

އެ ކަމުގައި ރައްޔިތުންގެ ތާއީދު އޮތް ކަމަށް ވެސް މިއަދު ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.