ދިރިއުޅުން ބައްޓަން ވެފައިވާ ގޮތުން އަހަރުމެންގެ ތެރެއިން ގިނަ އާއިލާތަކަކީ މިހާރު އެއް ސުފުރާ މަތިން ކެއުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ. އެހެން ނަމަވެސް އެއީ އެކަމުގެ ސަބަބުން އާއިލާގެ ކުދިންގެ މިޒާޖާއި ސިއްހަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ.

ފުޑް އެންޑް ނިއުޓްރިޝަންސް ޕްރޮފެޝަނަލްސް އެންމެ ގިނަ އެމެރިކާގެ ޖަމިއްޔާ، އެކެޑެމީ އޮފް ނިއުޓްރިޝަން އެންޑް ޑައިބެޓިކްސްއިން ބުނާ ގޮތުގައި، އާއިލާއެކުގައި ކެއުމަކީ ކުދިންނަށް ސިއްހަތު ރަނގަޅު ކާނާ ކެއުމަށް ބާރު އަޅާ ކަމެކެވެ.

"ދިރާސާތަކުން ދައްކާގޮތުގައި ގަވާއިދުން އެކުގައި ކައި އުޅޭ އާއިލާތަކުގެ މެދުގައި ގިނައިން މޭވާ އާއި ތަރުކާރީ އަދި ފައިބަ ހުންނަ ކާނާ ކެއުން އިތުރުވެ ތެލުލި ކާނާ ކެއުން މަދުވޭ،" އެ ޖަމިއްޔާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. "އާއިލާއެކުގައި ކާނަމަ ކެއުމަށް ހުންނަ އޮށްޓަރު ރަނގަޅު ކާނާގެ ސަބަބުން އާ ކެއުންތައް ތަޖުރިބާކުރަން ކުދިން ބޭނުންވެ، އެ ކުދިނގެ ސިއްހަތާއި ބަރުދަން ވެސް ރަނގަޅު ކޮށްދޭ."

އޭގެ އިތުރުން އާއިލާ އެކުގައި އެއް ސުފުރާ މަތިން ކާނަމަ އާއިލާ ތެރޭގައި އޮންނަ ގުޅުން ވެސް ވަރުގަދަކޮށްދީ ބަދަހި ކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ވަގުތުގައި އާއިލާ ތެރޭގައި ވާހަކަދެއްކުން އިތުރު ވުމެވެ. އަދި އެފަދަ ވަގުތުތަކުގައި ކުޑަކުދިން އެ ކުދިންގެ އިހުސާސްތައް ވެސް ހިއްސާކުރަން ފަސޭހަވެ، އެކުދިންގެ އަހުލާގު ވެސް ރަނގަޅު ކުރަން ބާރު އެޅި، ސްކޫލުގައި ހޯދާ ނަތީޖާ ވެސް ރަނގަޅު ވެގެންދާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެހެން ކަމުން އާއިލާގެ އެންމެން އެކުގައި އެއް ސުފުރާ މަތިން ކެއުމަށް އިންސާފު ކުރުމަކީ އަހަރުމެންގެ މެދުގައި އާލާ ކުރަން ޖެހިފައިވާ ރަނގަޅު އާދަ އެކެވެ.