ދަރިން އަވަހަށް ނިންދަވަން އަރުވާނަމަ މައިންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އޮސްޓްރޭލިއާގައި ހަދާފައިވާ އެ ދިރާސާގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ދިރާސާގައި ބައިވެރިވި އާއިލާތަކާ ސައިންސްވެރިން އިންޓަވިއުތަކެއް ކޮށް، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ދެނެގަނެފައިވެ އެވެ.

މިގޮތުން ކުދިންގެ ނިދުމާއި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުގެ މައުލޫމާތުތައް އަޅާ ކިއުމަށްފަހު ސައިންސްވެރިން ބުނާ ގޮތުގައި، އަވަހަށް ނިދަން އާދަވެފައި ހުންނަ ކުދިންގެ ދިރިއުޅުމުގެ ސިއްހަތު ރަނގަޅެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ، ދަރިން އަވަހަށް ނިންދަވާނަމަ މައިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ވެސް ކުރިއެރުންތަކެއް ލިބެ އެވެ. އަދި އޭގެ ސަބަބުން އާއިލާގެ ދިރިއުޅުން ވެސް އެކި ގޮތްގޮތުން ރަނގަޅުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ކުދިން އަވަހަށް ނިންދެވުމުން މައިންނަށް އުފާވެރިކަން ލިބިގެންދާއިރު، އަވަހަށް ނިދާ ކުދިންނަށް ގިނަ ވަގުތު ނިދި ލިބި އުޅުމަށާއި ސިއްހަތަށް ވެސް އެދެވޭ ބަަދަލުތަކެއް އާދެ އެވެ.