އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރު މުނު މަހާވަރު، އިލެކްޝަން ކޮމިޝަނާ އާ މިއަދު ބައްދަލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އިންޑިއާގެ ސަފީރު އެ ކޮމިޝަނާ ބައްދަލުކޮށްފައިވަނީ މިއަދު އެ ކޮމިޝަނުގެ އޮފީހުގައި ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އިންޑިއާ ސަފީރުގެ ބައްދަލުވުމަކީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަނުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
އިންތިހާބު އޮބްޒާވްކުރުމާ ގުޅޭގޮތުން ކޮމަންވެލްތުން ވެސް މިއަދު ވަނީ އެ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މިފަހަރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގެ އަށް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ވަނީ ދައުވަތުދީފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ އެވެ. އެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.
އޮޅުވެލިފުށީ ކަރަންޓުގެ މައްސަލަ ބޮޑުކަން އެނގުނީ ރަށަށް އެރުމުން
ފޭރިގަތީ 100،000އަށްވުރެ ގިނަ ޑޮލަރު، ސެކިއުރިޓީ ބޭނުމެއް ނުކުރޭ
މަޖިލިސް މެންބަރުންގެ ތެރެއިން ޖޭސްސީއަށް ހުސްނީ

އިލެކްޝަންއިން އިންޑިޔާސަފީރާ ބައްދަލުކުރީ އަނެއްކާ ކީއްވެބާ؟ ހަގީގީ ވޯޓަކުން ސޯލިހު ނުހޮވޭނެ. انشاالله ކުރިގާހެން މިފަހަރު ވެސް އިންޑިޔާއާ ގުޅިގެން ފައިސާއިންނާ ވަގު ވޯޓުން އަޅަން އެއުޅެނީ