ރަށްރަށުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް އާންމުން ހުށަހެޅި ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދަނިކޮށް، މަޖިލީހުގެ ޕެޓިޝަން ގަވާއިދަށް ގެނައި ބަދަލު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މަޖިލީހުގެ ރައީސް ދިފާއުކުރައްވައިފި އެވެ.
މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައީ އެއް މައުލޫއަކަށް އެއް ފިޔަވަޅެއް އަޅަން ގޮވާލައި އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށެވެ. މި ބަދަލު ގެނައީ، އާންމުންގެ ޕެޓިޝަނާ ދެކޮޅަށް ސަރުކާރުން ހުށަހެޅި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތު ގެއްލުމާ ގުޅިގެންނެވެ.
އެގޮތުން 2،100 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު އާންމުން ހުށަހެޅި ޕެޓިޝަނުގެ ބަހުސްގެ ތެރެއިން، ގަވާއިދަށް ގެނައި އިސްލާހާ މެދު އިދިކޮޅު މެންބަރުން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ބަދަލަކީ ހުރިހާ ފަރާތްތަކަކަށްވެސް ފުރުސަތު ބޮޑުކޮށްދިނުމަށް ގެނައި އެދެވޭ ބަދަލެއް ކަމަށެވެ. އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ވަނީ މިއީ ދުނިޔޭގެ ޑިމޮކްރެޓިކް ޕާލަމެންޓްތަކުގައި ވެސް ކަންކުރާ އުސޫލު ކަމަށް ވިދާޅުވެ އެ އިސްލާހު ދިފާއުކުރައްވާފަ އެވެ.
"މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުން ފުރުސަތު ލިބެނީ ހަމައެކަނި ޕީއެންސީއަކަށް ނޫން. ހަމަ ހުރިހާ ފަރާތަކަށް އިތުރު ފުރުސަތު ފަހިވެގެންދަނީ. ކުރިން އޮތް ގޮތުން އެއް ކަމަކަށް، އެއް ފަރާތަށްވުރެ ގިނަ ފަރާތަށް ހުށަނޭޅޭ ގޮތަށް އޮތް އޮތުން ބަދަލު ކުރީމާ، ހައްތަހާ ވެސް އަޅުގަނޑުމެން މި ބަލަނީ ރައްޔިތުންނަށް ދެވެން އޮތް ފުރުސަތު އިތުރު ކުރެވޭތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި އިސްލާހުގެ ސަބަބުން، ރަށްރަށުގެ ބިންތައް ކަނޑައެޅުމުގައި ކައުންސިލްތަކަށް އޮތް އިދާރީ ބާރުތައް އުނިވެ، ބިންތަކުގެ މައްޗަށް އޮތް ބާރު ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވޭނެ ކަމުގެ ކަންބޮޑުވުން އާންމުންގެ އިތުރުން އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
އުމުރުން 45 އަހަރުގައި ކަރީނާ ތިންވަނަ ދަރިފުޅަށް ބަނޑު ބޮޑު؟
އެމެރިކާއާ ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނުން: އީރާން