ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން ބޮޑު އިޖްތިޖާޖެއް ކޮށްފި އެވެ.

ޕީޕީއެމް އިން ކުރި އިހްތިޖަޖާ ގުޅިގެން ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި މުޒާހަރާގައި އިސްކޮށް އުޅުނު ދެ މީހުން ވެސް ހިމެނެ އެވެ.

މުޒާހަރާގެ ބައިވެރިން އަޑުއުފުލީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން މަގުފަހިކޮށްދިނުމަށެވެ. އެގޮތުން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

ފުވައްމުލަކު ޕީޕީއެމްގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި ޔާމީންގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ހުއްޓިފައި އޮތީ ސަރުކާރުން ފޯރުވާ ނުފޫޒެއްގެ ސަބަބުންނެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދެއްވައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިއްބައިދީ އެމަނިކުފާނު މިނިވަން ކޮށްދިނުމަށް،" މުޒާހަރާގެ ބައިވެރިން އަޑުއެފުލި އެވެ.

ޔާމީންގެ ރިޔާސީ ކެމްޕެއިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ކުރިއަށްއެބަދެ އެވެ. އެމަނިކުފާނުގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ހަމަޖައްސަވާފަ އެވެ.