މީލާދީން 1889 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިސްގައި "ދަ 300 މީޓަރ ޓަވަރު"ގެ ނަމުގައި އެންމެ ފުރަތަމަ މިހާރުގެ އެއިފަލް ޓަވަރު ބިނާ ކުރެވުނުއިރު އޭގެ އުސްމިނަކީ 312 މީޓަރެވެ.

1931 ވަނަ އަހަރު އެމެރިކާގެ ސްޓޭޓް އެމްޕަޔާ ބިލްޑިންގް (381 މީޓަރު) ބިނާ ކުރެވުމާ ހަމައަށް އެއިފަލް ޓަވަރު ވެފައިވަނީ ދުނިޔޭގައި ހުރި އެންމެ އުސް ބިނާ އަށެވެ.

އެއިފަލް ޓަވަރުގެ 131 އަހަރުގެ ދިގު ތާރީޚުގައި އެކި ފަހަރު މަތިން ރޭޑިއޯ އަދި ޓީވީ އެންޓަނާތައް ހަރުކުރެވި އެއިފަލް ޓަވަރުގެ އުސްމިން ބަދަލުވެފައިވެ އެވެ.

އެހެން ނަމަވެސް އޭގެ އިތުރުން ވެސް މި ބިނާގެ އުސްމިނަށް ކޮންމެ އަހަރަކު ވެސް ބަދަލު އާދެ އެވެ. އިންސާނީ އެއްވެސް އަމަލަކާ ނުލަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް އެއިފެލް ޓަވަރުގެ އުސްމިން ހަ އިންޗި އިތުރުވާ ކަމަށް ސައިންސަވެރިން ބުނެ އެވެ. ސަބަބަކަށްވަނީ އިރުގެ ހޫނުން ޓަވަރުގައި ބޭނުންކޮށްފައި ހުރި ދަގަނޑުތައް ދެމުމެވެ.

މިއީ ސައިންޓިފިކް ތިއަރީއެއް ކަމަށްވާ ތާމަލް އެކްސްޕޭންޝަންގެ ސަބަބުން މަދުވެރިވާ ކަމެކެވެ. ހޫނުގެ ސަބަބުން ދަގަނޑުގެ ބާވަތްތައް އޭގެ ބޮޑު މިނަށްވުރެ "އެކްސްޕޭންޑް"ވެ އެވެ.

މިގޮތަށް ހޫނު މޫސުމުގައި ޓަވަރުގެ އުސްމިން ބަދަލުވުމަށްފަހު ފިނި މޫސުމުގައި އަނބުރާ އޭގެ އަސްލު އުސް މިނަން ބަދަލުވެ އެވެ.

އިންސާނުންގެ އެއްވެސް ބާރަކާ ނުލާ ދިރުމެއް ނުވާ އެއްޗަކަށް މި އަންނަ ބަދަލަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ގުދުރަތުގެ އަޖާއިބުތަކުގެ ތެރެއިން އަޖާއިބެކެެވެ.