ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 35 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި އަށް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 14،582 އަށް އަރައިފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 960 އެވެ. އޭގެތެރެއިން 74 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،566 އެވެ.

މި ބަލީގައިި ރާއްޖެއިން މިހާތަނަށް 49 މީހަކު ރާއްޖޭގައި ވަނީ މަރުވެފަ އެވެ.

ފަހަކަށް އައިސް މާލެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.