ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަންހެނުންނަށް ހޯދައިދިން ކުރިއެރުންތައް ފާހަގަކުރުމަށް "ޓީ ވިތު އިބޫ"ގެ ނަމުގައި އެމްޑީޕީ އަންހެނުންގެ ރޫޙުން ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އަތޮޅުތަކުގެ ރަށްތައް ހިމެނޭހެން އެމްޑީޕީގެ ހުރިހާ ހަރުގެތަކެއްގައި މިއަދު ހަވީރެވެ.
މާލޭ ސަރަހައްދުގައި މި ހަރަކާތް ފަށާފައި ވަނީ ހުޅުމާލެ ފޭސް 1ގެ ރުއްގަނޑު އެކެއްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ހަރަކާތުގައި ރައީސް ސޯލިހާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. ބައިވެރިން ވަނީ ރައީސް ސޯލިހާއެކު ވަގުތުކޮޅެއް ހޭދަކޮށް އެމަނިކުފާނާއެކު ސެލްފީ ނަގާފަ އެވެ.
އެ ހަރަކާތަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ބޭއްވި ހަރަކާތެކެވެ. މިހަރަކާތުގައި ލައިވް މިއުޒިކްއާއި ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްގެންދިޔަ އެވެ.
ކޯޓުން ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އަދީބު ދައްކައިފި
40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން: މަޓީ
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!
