ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުން އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ދެ މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،633 އަށް އަރައިފަ އެވެ. އޭގެތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،615 އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 962 އެވެ. އޭގެތެރެއިން 73 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ. އަދި އޭގެތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

މި ބަލީގައިި މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ މަރުވެފަ އެވެ.