ސްކޫލުތަކުގެ ބޮޑު ޗުއްޓީ ނިމުނުތާ އަދި މިވީ ގާތްގަނޑަކަށް ދިހަވަަރަކަށް ދުވަހެވެ. އެހެން ނަމެވެސް ޗުއްޓީއަށް ދިއުމަށްފަހު އައިއިރު ހަންގަނޑު އެނދި އެނދުން އަދިވެސް ރަނގަޅެއް ނުވެ އެވެ. އެހެން ކަމަށްވާނަމަ ތިރީގައި މިވާ ކަންކަމުގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.

އޮރެންޖު ތޮށި

އޮރެންޖް އަކީ ވިޓަމިން ސީ ގިން އަދަދަކަށް ހިމެނޭ މޭވާ އެކެވެ. މި މޭވާގައި ހިމެނޭ ވިޓަމިން ސީ ހަންގަނޑުގެ ސެލް ފަންކްޝަނިން ހަލާކުކޮށްދޭ ފްރީ ރެޑިކަލްސް ނައްތާލަދެ އެވެ. ހިއްކާފައިވާ އޮރެނަޖް ތޮށި މިކްސްޗަރ އަށް އަޅައިގެން ޕައުޑަރ އަކަށް ވަންދެން ހިމޫންކޮށް މުގުރާށެވެ. މި ޕައުޑަ ބޯތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކުޑަ ކިރުކޮޅެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. މޫނާއި އަތުގައި އުނގުޅުމަށްފަހު ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

އަލްމަންޑްސް

އަލްމަންޑްސް ގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހިމެނޭއިރު ހަންގަނޑު ރައްކާތެރިކޮށްދޭ ވިޓަމިން އީ ވެސް ހިމެނެ އެވެ. ދިހަ ވަރަކަށް އަލްމަންޑްސް މިކްސްޗަރުގައި މުގުރާށެވެ. އެއަށްފަހު މި މިކްސް ކުރި އަލްމަންޑްސް ތެރެއަށް ކެލާ ތެޔޮ ކޮޅެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. އެއަށްފަހު މޫނާއި އަތުގައި އުނގުޅާލުމަށްފަހު ހިކުމުން ރީތިކޮށް ދޮވެލާށެވެ.

ލުނބޯ

ލުނބޯ ހުތް ކޮޅެއްގެ ތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާށެވެ. ކަފަ ކޮޅަކުން މޫނާއި އަތުގައި އުނގުޅާށެވެ. އެއަށްފަހު، އިނގިލިތަކުން މަޑު މަޑުން އުނގުޅާށެވެ. ލުނބޯގައި ހިމެނޭ ނެޓުރަލް ކްލީންޒާރ މަރުވެފައި ހުންނަ ސެލްސްތައް ނައްތާލަދީ މޫނާއި އަތް މަޑުކޮށް އޮމާންކޮށްދެ އެވެ.

އަލުވި

އަލުއްވަކީ ބްލީޗިން އެޖެންޓްއެކެވެ. އެހެންކަމުން މިކަމަށް މިއަށް ވުރެން ވަކި ރަނގަޅު އެއްޗެއް އޮންނާނެ ހެއްޔެވެ. އެންމެ ފުރަތަމަ އަލުތްވެއް ރީތިކޮށް މަށާލާށެވެ. އެއަށްފަހު ކުދިކޮށް ކޮށާލައި މިކްޗަރަށް އަޅައިގެން ޕޭސްޓް އެއް ގޮތަށް ރީތިކޮށް ފުނޑާލާށެވެ. އެއަށްފަހު އަތާއި މޫނުގައި އުނގުޅާލާފައި 15 މިނިޓްވަންދެން ބަހައްޓާށެވެ. އެއްށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.