ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އެ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި އާމިނަތު އަބްދުﷲ ޒުހައިރު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިއަދު އެވެ.

ޓްރައިބިއުނަލްގެ މެމްބަރު ކަމަށާއި ނައިބު ރައީސް ކަމަށް އާމިނަތު އަބްދުﷲ ޒުހައިރު އައްޔަން ކުރީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ.

އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންސްޓަން ޔުނިވާސިޓީއިން މާސްޓާސް އޮފް ލޯސް (އެލްއެލްއެމްް އެމްޕްލޯއިމެންޓް ލޯ) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ޕޭ ކޮމިޝަނުގައި ލީގަލް ކޮންސަލްޓެންޓެއްގެ ވަޒީފާވެސް އަދާކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ހަ މަސް ފަހުންނެވެ.