އެމެރިކާގެ ނިއުޔޯކް ސިޓީގެ މިސްކިތްތަކުގައި ބަންގީގެ އަޑު ބޭރަށް އިއްވުން މަނާކޮށްފައި އޮންނަ އޮތުމަށް ލުޔެއްދީ، ބައެއް ނަމާދުތަކަށް އަޑުގަދަކޮށް ބަންގި ގޮވުމަށް ހުއްދައެއް ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ނިއުޔޯކްގެ މޭޔަރު އެރިކް އެޑަމްސް މިދިޔަ އަންގާރަ ދުވަހު އާންމު ކުރެއްވި ގައިޑްލައިންގައި ވާގޮތުން މުސްލިމުންނަށް އަޑުގަދަކޮށް ބަންގި ގޮވުމުގައި މިހާރަށް ވުރެ ބޮޑު މިނިވަންކަމެއް ލިބޭނެ އެވެ.
އެޑަމްސްގެ ގައިޑްލައިންގައިވާ ގޮތުން މިސްކިތްތަކުގައި ހުކުރު ދުވަހާއި ރޯދަ މަހުގެ މަޣުރިބު ނަމާދުގެ ބަންގި އަޑުގަދަކޮށް ގޮވުމަށް އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެ އެވެ.
މޭޔަރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި މި ފިޔަވަޅަކީ އެ ސިޓީގެ ތަފާތު ޖަމާއަތްތަކުގެ އެއްބައިވަންތަކަން އިތުރުކޮށް އެންމެން ހިއްސާވާ މުޖުތަމައެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ލިބިގެން ދާނެ ކުރިއެރުމަކަށް ވާނެ އެވެ.
އާ ގަވާއިދުގެ ދަށުން މިސްކިތަތަކުގެ ތާޅަފިލިތަކުގެ އަޑު ހުންނަން ޖެހޭ މިންވާރާ ބެހޭ ގޮތުން ލޯކަލް ޕޮލިސް މިސްކިތްތަކުގެ އިސް ފަރާތްތަކާއެކު މަސައްކަތް ކުރާނެ އެވެ.
މޭޔަރު އެޑަމްސް ވިދާޅުވީ ނަމާދަށް ބަންގި ގޮވުމުގައި އޮތް ހުރަސްތައް ނައްތާލުމަކީ މިހާރު މާބޮޑަށް ވެސް ލަސްވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން މި ގެނެވުނު ބަދަލަކީ މުސްލިމުންނަށް ލިބިގެންދާނެ އިތުރު ފަސޭހައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުގައި ބަންގީގެ އަޑު މިސްކިތްތަކުން ބޭރަށް އިވޭ ވަރަށް ގަދަކުރުމަކީ މަނާކަމެކެވެ.

އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
ވޯޓާ ގުޅޭ ގޮތުން އޮޅޭގޮތަށް މައުލޫމާތު ފަތުރާ: އޭޖީ އޮފީސް