އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ރާނިޔާ އަހުމަދު ވެސް އެންމެ ފަހު ކެމްޕޭނަށް ނުކުމެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ދެ ދުވަހަށް ވެފައިވާއިރު މިއިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އަންނަނީ ވަރަށް ފޯރި ގަދަކޮށް ކެމްޕޭން ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމްގެ ކެމްޕޭނު ވެސް ފޯރީގައި ކުރިއަށްދާއިރު، އެހެން ފަހަރުތަކާ ހިލާފަށް އެމަނިކުފާނުގެ އަނބިކަނބަލުން ވެސް އަންނަނީ ކެމްޕޭނުގައި ބައިވެރިވެ، ކެމްޕޭނު ކުރައްވަމުންނެވެ.

އެގޮތުން އދ. އަތޮޅުގައި ކުރިއަށްދާ ގާސިމްގެ ކެމްޕޭނުގައި އެމަނިކުފާނުގެ ހަގު އަނބިކަނބަލުން ރާނިޔާ ވަނީ ބައިވެރިވެފަ އެވެ.

ގާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ އަހުމަދު ކެމްޕޭނުގައި..

މިފަހަރުގެ ކެމްޕެއިން ފެށުނީއްސުރެ، ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގެންދަވަނީ އަމަލީ ގޮތުން އުޅުއްވަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގައި، ގާސިމަށް ވޯޓު ހޯދައިދެއްވުމަށް މަސައްކަތް އެބަ ކުރައްވަ އެވެ.

ގާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ އަހުމަދު ކެމްޕޭނުގައި..

މީގެ ތިން އަހަރު ކުރިން، 2020ގައި ގާސިމް ކައިވެނި ބައްލަވައިގެންނެވި އުމުރުން 26 އަހަރުގެ ރާނިޔާއަކީ އދ. މާމިގިއްޔަށް ނިސްބަތްވެ ވަޑައިގެންނަވާ ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އދ. އަތޮޅުގެ ކަންކަމާ މިހާރު އިސްކޮށް އުޅުއްވަނީ ރާނިޔާ އެވެ.

އައިޝާ އާއި ރާނިޔާގެ އިތުރުން ދޮއްޓަށް ގާސިމްގެ އިތުރު ދެ އަނބިކަނބަލުން ތިއްބަވަ އެވެ.