އިސްތަށިގަނޑުގައި ތަފާތު ކުލަތައް ޖެއްސުމަކީ މިހާރު ޒުވާނުންގެ މެދުގައި އާއްމު ކަމެކެވެ. ފެޝަންއަށް އުޅުމުގެ ގޮތުން އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ކުރިން ވިސްނާލަން ޖެހޭ ގިނަ ކަންކަން ހުރެ އެވެ. އެކަމުން ލިބޭ ގެއްލުންތައް ގިނަވީމަ އެވެ.

އެގޮތުން އިސްތަށިގަނޑުގައި ޖައްސާކުލައިގައި ހުންނަ ޕީޕީޑީ ނަމަކަށްކިޔާ މާއްދާއެއްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެގޮތުން ޕީޕީޑީ ބޮލުގެ ހަންގަނޑުގައި އުނގުޅުމުން ހަމުގެ ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.

މީގެ އިތުރުން މިފަދަ ކުލަތަކުކދ އެލާޖީތައް މެދުވެރިކުުރުވަ އެވެ. އޭގެ ތެރޭގައި ބޮލުގައި ހަންފޮޅުން، އަދި ބޯ ދުޅަވުން ހިމެނެ އެވެ. މިފަދަ އެލާޖީތަކަކީ މީހާގެ ބޯ ނޫނަސް ލޯ، އެސްފިޔަ، ނޭފަތް އަދި މުޅި މޫނަށްވެސް ފެތުރޭފަދަ އެލާޖީތަކެކެވެ.

އެއާއެކު އިސްތަށިގަނޑުގައި ތަފާތު އެކި ކުލަ ޖެއްސުމަކީ އިސްތަށިގަނޑުގަ ހުންނަ ގުދްރަތީ ރީތި ވިދުން ގެއްލުވާލާ އިސްތަށިގަނޑުގެ ވަރުގަދަކަން ނެތިގެންދާ ކަމެކެވެ. އިސްތަށިގަނޑުގައި ޖައްސާ ކުލައިގެ ސަބަބުންބޯ ހިރުވުމަކީވެސް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ.

އެހެން ކަމުން ދެން އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށް ނިންމުމުގެ ކުރިން މިކަންކަމާ މެދު ވިސްނާލުމަކީ ރަނގަޅު ކަމެކެވެ.