ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓު ލައްވައިފި އެވެ.

ޑރ. މުއިއްޒު ވޯޓުލާން ވަޑައިގެންނެވީ މާފަންނު ތާޖުއްދީން ސްކޫލް ހޯލުގައި ހުންނަ މާފަންނު ދެކުނު 2 ނަމްބަރު ވޯޓު ފޮއްޓަށެވެ. އަދި ގާސިމް ވޯޓުލެއްވީ މާފަންނު ސޯޝަލް ސެންޓަރުގައި ހުންނަ ވޯޓު ފޮއްޓަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވޯޓުލުމުގެ ކަންތައް މިހާރު ފެށިފައިވާއިރު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,395 މީހަކަށް ލިބިގެންވެ އެވެ.

ގާސިމް އިބްރާހިމް ވޯޓު ލައްވަނީ

މުއިއްޒު އާއި ގާސިމްގެ އިތުރުން މިއިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލް ވޯޓު ލައްވާފަ އެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު މިއަދު ވޯޓުލައްވާފަ އެވެ. އޭނާ ވޯޓުލެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ގދ. އަތޮޅު 5 ވޯޓު ފޮއްޓަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް މިއަދު ހެނދުނު ވޯޓުލަނީ. ފޮޓޯ | ޕީޕީއެމް

ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ހަމައަށް ކުރިއަށްދާނެ އެވެ. އޭގެ ގަޑިއެއްހާ އިރު ކުރިން ފެށިގެން މީހުން ވަނީ ވޯޓު ލުމަށް ކިއު އަށް އަރަން ފަށައިފައެވެ.

މިއަހަރުގެ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.

އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.