ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ޕީއެންސީގެ މަގާމުތަކަށް ބަދަލުތައް ގެންނަމުން އަންނައިރު، އެ ފާޓީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސައިފަ އެވެ. އަދި ނައިބު ރައީސްގެ މަގާމަށް އިންތިހާބީ ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ހަމަޖައްސައިފަ އެވެ.

މީގެކުރިން ޕީއެންސީގެ ރައީސްގެ މަގާމު އަދާކުރެއްވީ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށެވެ.