ޕީޕީއެމްގެ އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނޫނީ ޕީއެންސީ އަށް ފޯމް ފުރަން ނުޖެހޭ ކަމަށާއި މިއީ އެއް ފިކުރެއްގެ ދެ ޕާޓީކަަމަށް ކުރީގެ ރައީސް އަބްދުުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިން މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގޭބަންދަށް ބަދަލުކޮށް، ކަރެކްޝަނަލް ސާވިސް އިން ބޭސްފަރުވާ އަށް އިތުރު ލުޔެއް އެމަނިކުފާނަށް ހަމަޖައްސައިދިނުމާ އެކު ރޭ ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

https://www.facebook.com/DrMJameelAhmed/posts/765152988752276?ref=embed_post

ޔާމީނާ އެކު އިންނެވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ އިސް އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ޖަމީލް ވާހަކަ ފައްޓަވަމުން ވިދާޅުވީ ޔާމީނަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ރަސްގެފާނު ކަމަށެެވެ.

ޔާމީންއާ ހަވާލާ ދެއްވައި ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމާއި ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން ކަމަށް ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

"ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމު ފުރަން ނުޖެހޭ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް މިއޮތް ފަސް އަހަރަކީ ހަމަޖެހިގެން ތިބެންވީ ފަސް އަހަރު ނޫން ކަމަށާއި މިހާރުން ފެށިގެން ޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ އެމްޑީޕީ ތެރެއިން ބަޔަކު ނުކުމެ ޑިމޮރެކްޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމުން ކަމަށް ވިދާޅުވި އެވެ.

ޕީއެންސީ އަށް ފޯމް ފުރަން ނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އިރު، މުއިއްޒު މިހާރު ރައީސް ކަމުގައި ހުންނެވި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަން އެނގިފައިވެ އެވެ. މި ފަހުން، ޕީޕީއެމް/ޕީއެންސީ އަށް ތާއީދު ކުރައްވާ މަޖިލިސްގެ މެމްބަރުން ވެސް މިހާރު ސޮއި ކުރައްވަން ފައްޓަވާފައި ވަނީ ޕީއެންސީއަށެވެ.