ފަލަސްތީނުގެ 120 އާއިލއާއަކަށް އެހީތެރިކަން، ޚިދުމަތް ޖަމިއްޔާ އިން ފޯރުކޮށްދީފި އެވެ.

އިޒްރޭލުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ހިދުމަތް ޖަމިއްޔާ އިން ވަނީ ފަންޑެއް ހުޅުވައިފަ އެވެ.

ހިދުމަތް ޖަމިއްޔާ އިން ބުނީ ލިބުނު އެހީގެ ތެރެއިން ފަލަސްތީނުގެ 120 އާއިލާ އަކަށް 200 ޑޮލަރުގެ މަގުން ފައިސާ ބަހާފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިދިޔަ މަހުގެ ތެރޭގައި ވަނީ ފަލަސްތީނުގެ 200 އާއިލާއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާގެ ގޮތުގައި ޖުމްލަ އެއް ލައްކަ ޑޮލަރު ބަހައިފަ އެވެ.

https://www.facebook.com/permalink.php?story_fbid=303214535906899&id=100086550631686&ref=embed_post

ފަލަސްތީނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ވެސް ވަނީ ފަންޑެއް ހުޅުވައިފަ އެވެ.

އިޒުރޭލުން ފަލަސްތީނުގެ ޣާއްޒާ އަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން 10،000 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނުގެ އާންމުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.