ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،535 ސާމްޕަލްތަކުން އިތުރު 122 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 90 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ތިން މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،736 އަށް އަރާފަ އެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 14،096 އަށް އަރާފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،582 އެވެ. އޭގެތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެނީ 152 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 51 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.