ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އެކަށޭނަ ވަރަށް ފެން ނުބޮވޭނަމަ ސިއްހަތަށް އީގެ އަސަރުކޮށް ހަށިގަނޑުން އެކި ގޮތްގޮތަށް އޭގެ އަސަރު ފެންނާނެ އެވެ.
މާ ގިނައިން ކާހިތްވުން
ގިނަ ފަހަރަށް ފޫހިވެގެން އަހަރުމެންނަށް އިހުސާސް ކުރެވޭ ބަނޑުހައިހޫނު ކަމަކީ އެކަށީގެންވާ ވަރަށް ހަށިގަނޑަށް ފެން ނުލިބުމުން އިހުސާސްވާ ބަނޑުހައި ހޫނު ކަމެކެވެ. އެހެން ކަމުން ލުއިކާނާ ކާހިތްވާ ގިނަ ފަހަރު ފަހަރު އަސްލު ތިބާ ވަނީ ފެން ފޮދަކަށް ބޭނުންވެފަ އެވެ.
ހަންގަނޑު ހިކުން
ހަށިގަނޑުގެ ހަންގަނޑު ހިކި ކުރަކިވުމަކީ ބޭނުންވާ ވަރަށް ފެން ނުލިބުމުގެ އަލާމާތެއް ކަމަށް ވެދާނެ އެވެ. އެކަށީގެންވާ ވަރަށް ފެން ނުލިބުމުގެ ސަބަބުން ހަންގަނޑުގެ ތާޒާކަން ގެއްލި ކުލަ މަރުވެ އެވެ.
މަސްގުޅަ ކެއުން
އެކަށީގެންވާ ވަރަށް ހަށިގަނޑަށް ފެން ނުލިބޭ ނަމަ އެންމެ އެދެވޭ ގޮތުގައި ހަށިގަނޑުގެ މަސައްކަތްތައް ހިނގުމަށް ހުރަސް އެޅެ އެވެ. ނަތީޖާއަކަށް ވަނީ ހަރަކާތްތެރިވެ އުޅުމުގައި މަސްގުޅަ ކެއުމެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން
ގާނޫނީ ވަކީލަކު އައްޔަނުކުރަން ސައުދުއަށް 10 ދުވަސް ދީފި
ސާޖިދުގެ ކުރިއަށް އޮތް ކޮމެޑީ ފިލްމަށް މަޝްހޫރު ގިނަ ނަންތަކެއް!