މީގެ ދެތިން ދުވަހެއް ކުރިން މުޅި ރާއްޖެ ސިއްސުވާލީ މާލޭގެ މަގުމަތީގައި އަނިޔާވެރި ގޮތަކަށް މާބަނޑު ބުޅަލެއް މަރާލާފައި އޮއްވާ ފެނުނު ހަބަރުންނެވެ.
އެއާއެކު އެ އަނިޔާވެރި އަމަލާ ދެކޮޅަށް ރާއްޖޭގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަން ފެށި އެވެ. ޖަނަވާރުންނަށް ލޯބިކުރާ ފަރާތްތަކާއި އެފަދަ އަމަލުތަކާ ދެކޮޅު މީހުންނެވެ.
ވަޅިއަކުން ހަމަލާދީ އެ ބުޅާ މަރާލީ އެއްވެސް ހަމްދަރުދީއެއް ނެތީމަ އެވެ. މަގުމަތީގައި އުޅޭ ބުޅާތަކުން އުނދަގޫތައް ކުރިމަތިވި ނަމަވެސް އެ ތަކެތި މެރުމުގެ ހައްގެއް އެކަކަށް ވެސް ނުލިބެ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ މާބަނޑު ބުޅަލެކެވެ.
ބުޅަލަކީ އިސްލާމް ދީނުގައި މާތްކުރައްވާފައިވާ ޖަނަވާރެކެވެ. ރަސޫލާގެ އެންމެ އެކުވެރި އެއް ސަހާބީ "އަބޫ ހުރައިރާ"އަކީ ބުޅަލުގެ ބައްޕަގެ ނަމުން ނަން ދެވުނު ސަހާބީ އެކެވެ. ބުޅަލަކަށް އަނިޔާވެރިވި ކަމަށްޓަކައި އަންހެނަކު ނަރަކައަށް ވެސް ލެވުނެވެ.
ވީއިރު ބުޅަލަށް އަނިޔާވެރިވުމުގެ ބަދަލުގައި އެއަށް ކަމޭހިތަން އާދަކުރާށެވެ. މަގުމަތީގައި އުޅޭޭ ބުޅާތަކަށް ކުދި އަނިޔާ ކުރުން ހުއްޓާލާށެވެ.

ވެމްކޯއިން މުވައްޒަފުންނަށް މުސާރަ ދިނުން ލަސްކުރާ މައްސަލައެއް
ރޯދަ މަލާފަތް: ދިވެހި ރަހަތައް އެކުލެވޭ ބަނބުކެޔޮ ބޮނގަރަ
ރަމަޟާން 2026: ފަހު ދިހައިގެ އަޅުކަމަށް ތައްޔާރުތަ؟
މަގުމައްޗަކީ ހިގާށާއި އުޅަދު ދުއްވަން ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހަދާފައިވާ ތަނެއް. ބުޅާ ގެންގުޅޭ ފަރާތްތަކުން އެ ޖަނާވާރު ތައް ބަލަހައްޓަން ވާނީ މަގުމަތީ ހިގާ އަދި ދުއްވާ ފަރާތަކަށާއި އެޖަނަވާރުތަކަށްވެސް އުދަގޫނުވާގޮތަށް އަދި ރައްކާތެރިކަން ލިބޭގޮތަށް.