އައްޑޫ ސިޓީ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ ހިތަދު އަށް އުފަން އަހުމަދު މުހައްމަދު 29، އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެރުއްހެރާ އަށް ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ޓްރަމްޕް ވައިޓް ހައުސް ފަރިއްކޮޅުގައި ބަޑީގެ ހަމަލާއެއް
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ސިނާން ކާމިޔާބު ކޮށްފި
ކަރަންޓް ކެނޑުނީ ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ