އޯޓިޒަމްއަކީ ހެދިބޮޑުވަމުން އަންނަ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުން ލަސްކޮށްދޭ ނާރުގެ ބައްޔެކެވެ. މި ބައްޔަކީ ކުރިއާލައި ދެނެގަނެވިއްޖެ ނަމަ ފަރުވާ ކުރަން ފަސޭހަވާނެ ބައްޔެކެވެ. އެހެންކަމުން އޯޓިޒަމްގެ އަލާމާތްތަކަށް ފަރުވާވެ ތިބުން ވަރަށް މުހިންމެވެ.

ވާހަކަ ދެއްކުން ލަސްވުން

ހެދިބޮޑުވަމުން އަންނަ ކުދިން އާއްމުކޮށް ވާހަކަ ދައްކަން ފަށާ އުމުރުގައި ވާހަކަ ދެއްކުމަށް ތިބާގެ ދަރިފުޅަށް އުނދަގޫތައް ކުރިމަތިވާނަމަ އެކަމަށް ފަރުވާ ކުޑަ ނުކުރާށެވެ. ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދާށެވެ.

ހަތަރުކަޅި ހަމަނުކުރުން

މައިންބަފައިންނާއި ވާހަކަ ދެއްކުުމުގައި ވެސް ކަޅިއާ ކަޅި ހަމަނުކޮށް ވާހަކަ ދެއްކުމަކީ އޯޓިޒަމްގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރެއިން އެއް އަލާމާތެވެ. އެހެންކަމުން ކުއްޖާގެ ލޮލުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ޑޮކްޓަރަށް ދެއްކުން އެދެވިގެން ވެއެވެ.

އެކަނި ހުންނަން ބޭނުންވުން

އޯޓިޒަމް ހުންނަ ގިނަކުދިން އެކަނި އުޅެން ބޭނުންވުމަކީ އާއްމު ކަމެކެވެ. ކުޅެ އުޅުމުގައިވެސް ތިބާގެ ދަރިފުޅު އެހެންކުދިންނާ ވަކިން އުޅޭކަން ފާހަގަ ވާނަމަ ސިއްހީ ލަފާ ހޯދާށެވެ.