މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' ބާއްވައިފި އެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފަ އެވެ. އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މުވައްޒަފުން ހިމެނޭ ރަށަކުން މި ދުވުމުގައި ބައިވެރިވެފަ އެވެ.
ދުވުން ނިންމާލުމަށްފަހު ބޭންކުގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސަބިލިޓީގެ(އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.
މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އާންމުކޮން އިވެންޓްތައް ބާއްވަމުންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"ސިޓީ ލައިފް" ސިއްހަތަށް ނުރައްކާ!
ތުންފަތް ފަޅައިގެންދަނީ މިހެންވެ ކަމަށް ވެދާނެ!
އައިޝްވާރްޔާގެ ސަބަބުން ސަލްމާން މަރުވާން އުޅުނު: ރިޕޯޓް
