ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެން އިންޑިއާ ސިފައިން ކުރަމުން އަންނަ މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުރީފް ކުރާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި 100 ދުވަސް ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާއާ އެކު މަޝްވަރާކޮށް އެކަން ކުރިއަށް ގެންދަން ކޯ- ގްރޫޕެއް އެކުލަވާލަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

  • ސާކް ސަރަހައްދުގެ ތަރައްގީ އަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ: ރައީސް

ދެކުނު އޭޝިއާ ސަރަހައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް އާ ބާރެއްލައިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. ރައީސް މުއިއްޒު މިގޮތަށް އެދިވަޑައިގެންފައި ވަނީ "ސާކް ޗާޓަ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖެއްގަ އެވެ.

  • އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން އިތުރު ހަތިޔާރުތަކެއް ހޯދައިފި

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މާރާމާރީ ހިންގަން ބޭނުންކުރި އިތުރު ބައެއް ހަތިޔާރު ހޯދާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. ފުލުހުން ބުނީ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުން ކުރާ އެހެނިހެން ތަކެތި ފެނިފައި ވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓަ ކަމަށެވެ. އެ ތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

  • އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަނާކޮށްފި

އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފި އެވެ. އަވަށްޓެރި އިންޑިއާ އިން އަންނަ މާޗް މަހާ ހަމައަށް ފިޔާ އެކްސްޕޯޓް ކުރުން މަނާ ކުރި އިރު، ރާއްޖެ އަށް އެންމެ ގިނަ އިން ފިޔާ އެކްސްޕޯޓް ކުރަމުން އަންނަނީ އިންޑިއާ އިންނެވެ.

  • އިންޑިއާ ކަނޑުގެ ސަރަހައްދު ފުދުންތެރި ސަރަހައްދަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ

އިންޑިއާ ކަނޑުގެ ސަރަހައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. ނައިބު ރައީސް މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

  • 900 މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން ފެނަކައިން ނިންމައިފި

ފެނަކަ ކޯޕަރޭޝަނުން މަޝްރޫއުތައް ހިންގާ ރަށްރަށުގެ ތެރެއިން މިހާރު އެއްވެސް މަސައްކަތެއް ނެތް 40 ރަށެއްގައި ތިބި މުވައްޒަފުންގެ ތެރެއިން ވަޒީފާގެ އެއްބަސްވުން ހަމަވެފައިވާ 900 މުުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން އެ ކުންފުނިޖން ނިންމައިފި އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން އެއްބަސްވުން ހަމަވެފައިވާ 1،800 ވަރަކަށް މުވައްޒަފުން ތިބި ކަމަށެވެ. އޭގެތެރެއިން 900 މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން ވަނީ ނިންމައިފަ އެވެ. މުއާޒު ވިދާޅުވިގޮތުގައި އެއީ 40 ރަށެއްގައި ތިބި މުވައްޒަފުންނެވެ.

  • ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އަލީ އަބްދުއްލަތީފް

ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބުކުރުމަށް އިއްޔެ ބޭއްވި އިންތިހާބު އަލީ އަބްދުއްލަތީފް ކާމިޔާބުކުރައްވައިފި އެވެ. ހުސްވެފައިވާ ޖޭއެސްސީގެ މެމްބަރު ކަމުގެ އިންތިހާބު ބާއްވައިދިނީ ބާ ކައުންސިލުންނެވެ. އެ އިންތިހާބަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. އެހެންކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ޖުމްލަ 443 ވަކީލުން އެ އިންތިހާބުގައި ވޯޓުލިއިރު، އަލީ އަބްދުއްލަތީފަށް ލިބުނީ 275 ވޯޓެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރަން ނުފެންނަ ކަމަށް 168 ވަކީލަކު ވޯޓު ދީފައިވެ އެވެ.

  • އައްޑޫ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ދާދިފަހުން ފެށުނު ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 11 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީތަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.