ރާއްޖޭގެ މޫސުމަށް ބަލާއިރު އަހަރުގެ ބޮޑު ބައި ހޭދަކުރަނީ ހޫނުގަ އެވެ. ވޫލް ނުވަތަ ޕޮލިސްޓަރަކީ މި މޫސުމާ އެންމެ ގުޅޭ ފޮއްޗެއް ނޫނެވެ.

ހޫނު މާހައުލެއްގައި ލާން އެންމެ ރަގަޅުވާނީ ތުނި އަދި ލުއި ފޮތިކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި އެފޮއްޗަކީ މާބޮޑަށް ބަންދު ފޮއްޗަކަށް ވެގެން ނުވާނެ އެވެ

.ހެދުމުގެ ކުލައަކީ ވެސް ފިނި ހޫނުމިން ދެމެހެއްޓުމާ ގުޅުން ހުރި އެއްޗެކެވެ. ހޫނު ދުވަހަކާ އެންމެ ގުޅޭނީ މަޑު ކުލައެއްގެ ހެދުމެކެވެ. ސަބަބަކީ މަޑު ކުލަތަކުން ހޫނާއި އަލި ރިފްލެކްޓް ކުރާނެތީ އެވެ.

ހެދުން އަޅާއިރު ގަޔަށް މާ ބާރުކޮށް ލާ ނަމަ ހޫނުވެ އަވަހަށް ދާހިއްލާ ގޮތް ވާނެ އެވެ. ވީމާ ހޫނު ދުވަހެއް ނަމަ ގަޔަށް ދޫ ހެދުން ނުވަތަ ގަމީސް ރަނގަޅުވާނެ އެވެ.

ކޮޓަން ފޮއްޗަކީ ހޫނު މޫސުމަށް އެންމެ އެކަށީގެން ވާ ފޮއްޗެވެ. އެގޮތުން، ބުރުގާ، ޓޮޕް ނުވަތަ ގަމީހަށް ކޮޓަން ފޮތި ބޭނުންކުރަން ވަރަށް ރަނގަޅުވާނެ އެވެ. މިގޮތަށް ބޭނުންކުރަން ދެން އެންމެ ރަގަޅީ ޝިފޯން އަދި ލިނެން ފޮއްޗެވެ އެވެ.