ހައުސިން މިނިސްޓްރީން އައްޑޫ ސިޓީގައި ޕްރޮޖެކްޓް އޮފީހެއް ގާއިމުކުރަން ސ. ހިތަދޫ އިން އިމާރާތެއް ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީން އިއުލާންކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް 2,000 އާއި 2,500 އަކަފޫޓާ ދެމެދުގެ ބިމެއް ނުވަތަ އިމާރާތެއް ކުއްޔަށް ހިފުމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގަ އެވެ.
އެންމެ ފުރަތަމަ މި ބީލަން ހުޅުވުން ޖުލައި 28 އަށް ތާވަލުކުރި ނަމަވެސް، ފަހުން މިނިސްޓްރީން ވަނީ އެ މުއްދަތު އޮގަސްޓް 13 އަށް ފަސްކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް މެދުވެރިނުކޮށް، ހައުސިން މިނިސްޓްރީން ވަކިން ޕްރޮޖެކްޓް އޮފީހެއް ގާއިމުކުރަން ނިންމި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫގައި ގިނަ މަޝްރޫއުތަކެއް ހިންގަން ރޭވި ނަމަވެސް، އޭގެ ތެރެއިން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެގޮތުން ބިންގާ އަޅާފައިވާ މަޝްރޫއުތަކުގެ އިތުރުން، ކުރީ ސަރުކާރުން އައްޑޫގައި ފަށާފައިވާ މަޝްރޫއުތައް ވެސް މި ސަރުކާރު އައިފަހުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ކުޅުދުއްފުށީ 3 ސްކޫލަކަށް ކައުންސިލުން ލައްކައެއް ދެނީ
އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އިންޑިއާ އަންހެނަކަށް!