ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބް ރައީސްގެ މާގަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރައްވައިފި އެވެ.

ފަނޑިޔާރު ޝުޖޫން މި މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ނައިބް ރައީސް ކަމުގައި ހުންނެވި މަސްތޫރު ޙުސްނީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއީ ޖޭއެސްސީގެ ނައިބަކަށް އަންހެން ބޭފުޅަކު އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޖޭއެސްސީގެނައިބް ރައީސް ކަމަށް އައްޔަން ކުރެއްވި ސުޕްރިމްކޯޓުގެ ފަނޑިޔާރި އައިޝާ ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ. އަދި އޭނާ ވަނީ ބާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ޖޭއެސްސީގެ ރައީސްކަމުގައި ވެސް ހުންނެވީ އަންހެން ބޭފުޅެކެވެ. އެއީ 2019 ވަނަ އަހަރު އެ މަގާމަށް އައްޔަންކުރި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން އެވެ.