ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް މިރޭ ބާއްވާ ޖަލްސާގައި ސޮއިކުރުމަށް ނިންމައިފި އެވެ.
ޕީއެންސީން މިރޭ ދަރުބާރުގޭގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވާ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިޖަލްސާގައި ހަ މެމްބަރަކު ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝީދު އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހިމެނޭ ކަމަށް ވެ އެވެ. އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ހިމެނޭ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ޕީއެންސީއާ ގުޅިވަޑައިގަންނަވާ މައްސަލާގައި އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު މެމްބަރުން ގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާތީ އެކަމަށް އެމްޑީޕީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޑީޕީ މަޖިލީސް މެމްބަރުން ހޯދުމަށް ޕީއެންސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މެންބަރުންނަށް ގިނަ ހުށައެޅުންތަކެއް ހުށައަޅަމުންދާ ކަމަށް ވެ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ ފައިސާ އާއި މަގާމު ވެސް ހުށައަޅަމުންދާ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ އަދި އެމްއެންޕީ ތަމްސީލް ކުރަން މަޖިލީހުގައި ޖުމްލަ ތިއްބަވަނީ ހަ މެންބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 56 އެވެ.
މަޖިލީހުގައި މި ވަގުތު އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު މައިނޯރިޓީ ޕާޓީއަކީ އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް އެވެ.
މުޑުދާރުބައެއް ވިކުނަސް ބޮނޑުވަރު.
ބަޔަކު މީހުން ލަދާ ހަޔާތާ ނެތުނީމަ މިހުރިހާކަމެއް ފެންނާނެ އަޅެ ފަހެ މީންދަ ރާސިދު ކިޔާ ސޮރު އެގޮނޑީގަ ބައިންދަން ނުކުރާކަ ކަމެއް ނުކުރާކަ ހަރަދެއް ނެތެވެ. އެވަރުން އެގޮނޑި ހޯދަދިނީމަ އެވީ ހަރާންކޯރެވެ. ދެން މީންދަ މުހައްމަދު ނިހާދު ވެސް ވަކިން ދެރައެއް ނޫނެވެ.ސުލޯލިހުގެ ސަރުކާރުން ހިންގަން އުޅުނު ޕްރޮޖެކްޓަކުގެ ތެރެއިން %90 ޕުރޮޖެކްޓް ނަގާފަ ހުންނާނީ މި ނިހާދުގެ ކުންފުނިންނެވެ. އާއެކޭ އާއެކޭ ދިނިޔޭގާ އެދުން ވެރިކަން ބޮޑުވެ ހައްގެއް ހަލާލެއް ނޭންގޭވަރު ވީމާ މިހެންވެސް ވާނެދޯއެވެ.