މޫނު ރީތި ކުރަން އަންހެން ކުދިންގެ އިތުރުން ފިރިހެނުންވެސް ގިނަ ކަންކަން ކުރެއެވެ. ތަފާތު އަގުބޮޑެތި ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ބޭނުންކުރެ އެވެ. ގޭގައި ގިނަ ބާވަތްތަކުގެ ފޭސް މާސްކު ހަދައިގެން ވެސް ބޭނުން ކުރެ އެވެ. މި ލިޔުމުގައި މިބަލާލަނީ އެގޮތުން ގޭގައި ފަސޭހައިން ހަދާލެވޭނެ 3 ހާބަލް ފޭސް މާސްކަށެވެ.

ހާބަލް މިންޓް ފޭސް މާސްކް

ކުދީނާ ފަތުގައި ގިނަ އަދަދަކަށް އެންޓިބެކްޓީރިއަލް އަދި އެންޑިސެފްޓިކް ހިމެނެ އެވެ. އެެހެންކަމުން ހަންގަނޑުގައި ރޫ ޖެހުމާއި ބިހި ނެގުން ފަދަ ކަންކަމުން ދުރުކޮށްދެ އެވެ.

މާސްކް ހެދުމަށް ބޭނުންވާ ތަކެތި

  • 2 ކިއުކަންބާ
  • މިންޓް ފަތް

ތައްޔާރު ކުރާނެގޮތް

ކިއުކަމްބާތައް ފޮތިފޮތި ކޮށްލުމަށްފަހު މުގުރާލާށެވެ. އެއަށްފަހު ފެންތައް ފުރާނާލައި ފުރޭނީގައި ހުރިބައި ހޫނު ކޮށްލާށެވެ. ތަވައެއްގައި ވެސް ހޫނު ކުރެވިދާނެއެވެ. ހޫނުކުރާއިރު ކުޑަ ފެންފޮދެއް އެޅުމަށްފަހު މިންޓް ފަތްތައް ކޮފާފައި އެއްކޮށްލާށެވެ.

މި މާސްކް ބޭނުން ކުރާނީ ހޫނު ކުރުމަށްފަހު އެއްކޮށް ހިހޫ ވީމަ އެވެ. މޫނުގައިި ހޭކުމަށްފަހު 20 މިނެޓް ބެހެއްޓުމަށްފަހު ފިނި ފެނުން ދޮވެލާށެވެ.

ޓިއުމަރިކް ފޭސް މާސްކް

ޓިއުމަރިކް ނުވަތަ ރީދޫއަކީ ހަށިގަނޑަށް ވެސް ވަރަށް ފައިދާ ކުރާ އެއްޗެކެވެ. އަދި މިއީ އެންޓި އިންފްލެމެންޓްރީ އެއްވެސް މެ އެެވެ.

މާސްކް ހެދުމަށް ބޭނުންވާތަކެތި

  • 1 ސަމުސާ ރީނދޫ
  • 1 ސަމުސާ މާމުތް
  • 1 ސަމުސާ ޔޯގަޓް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ރީނދޫ އަދި މާމުތް އެއްކޮށްލާށެވެ. ރީތިކޮށް އެއްވުމުން ޔޯގަޓް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

މި މާސްކް މޫނުގައި އަދި ކަރުގައި ހޭކޭނެ އެވެ. އަދި ލޯކައިރީގައި ވެސް ބޭނުން ކުރެވޭނެ އެވެ. މާސްކުގައި ހިމެނޭ ރީދޫގެ ސަބަބުން ލޯކައިރި ކަޅު ވުމާ ދުޅަވުމުން ދުރުކޮށްދެ އެވެ. މި މާސްކް ވެސް ބޭނުން ކުރާނީ 20 މިނިޓު އެވެ.

ސިނަމަން ފޭސް މާސްކް

ސިނަމަން ނުވަތަ ފޮނި ތޮއްޓަކީ ވެސް އެންޓި އިންފްލެމެންޓްރީގެ ބާވަތެއްކަމުން މިއީ ވެސް ހަންގަނޑު ރީތިކޮށްދޭ އެެއްޗެކެވެ.

މާސްކް ހެދުމަށް ބޭނުންވާތަކެތި

  • 1 ސަމުސާ މާމުތް
  • 1 ސަމުސާ ފޮނިތޮށި (މުގުރާފައި)

ތައްޔާރު ކުރާނެ ގޮތް

މާމުތް އަދި ފޮނިތޮށިކޮޅު ރީތިކޮށް އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި ހާކާ ރަނގަޅަށް މަޑުމަޑުން މަސާޖުކޮށްލާށެވެ.

މި މާސްކު 15 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮންނާށެވެ.