ދޮންކޭލަކީ ސިއްހަތައް ފައިދާހުރި އެއްޗެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް އެ ކެއުމަށްފަހު އެއްލާލެވޭ ތޮށްޓަކީ ވެސް ހަމަ އެހާ ފައިދާހުރި އެއްޗެއްކަން އެނގޭ މީހުން މަދުވާނެ އެވެ.
ހަން ރީތި ކޮށްދޭ
ދޮންކެޔޮ ތޮށިން ހަދާފައިވާ މާސްކްތައް މޫނުގައި ބޭނުންކޮށްގެން މޫނުގެ ހަމުގައި ހުންނަ ކުރަކި ކަމާއި ބިހިތައް ފިލުވާލެއިވާނެ އެވެ. އެގޮތުން ދޮންކެޔޮ ވަކެއްގެ އެއްބަޔާއި އޭގެ ތޮށިގަނޑު މިކްސްޗަރުން އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅާލާށެވެ. އަދި 20 މިނެޓް ފަހުން މޫނު ރީތިކޮށް ދޮވެލާށެވެ.
ދަތް ހުދު ކޮށްދޭ
ދޮންކެޔޮ ތޮށީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ދަތުގެ މައްސަލަތަކުން ދުރުކޮށްދެ އެވެ. އޭގެ ތެރޭގައި ހިރުގަނޑުގެ މައްސަަލަތަކާއި ދަތުގެ ކުލަ ބަދަލުވުން ހިމެނެ އެވެ. އެހެން ކަމުން ދޮންކެޔޮ ތޮށި ދަތްތަކުގައި ދެ މިނެޓް ވަންދެން އުނގުޅާލާށެވެ.
ލޯ ކައިރި ކަޅުވުން ކުޑަކޮށްދޭ
އުމުރުން ދުވަސްވާ ވަރަކަށް ލޯ ކައިރި ކަޅުވުން ނުވަތަ ޑާކް ސާކަލްސް ލޯ ކައިރިގައި އިތުރުވުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. މިކަމަށް ފަރުވާއެއް ހޯދަން ބޭނުންވާ ނަމަ ހަފުތާއަކު ތިން ފަހަރު ދޮންކެޔޮ ތޮށިގަނޑެއް ލޯ ކައިރީގައި އަޅައިގެން 20 މިނެޓް އޮންނާށެވެ.
ދޮންކެޔޮ ތޮށްޓަކީ އާއްމުކޮށް އަހަރެމެން އެއްލާލާ އެއްޗެކެވެ. ނަމަވެސް އެއީ ބޭނުންތެރި ފައިދާތަކެއް ލިބިދޭ އެއްޗަކަށް ވުމާއެކު ދެން ދޮންކެެޔޮ ކެއުމަންފަހު އޭގެ ތޮށިވެސް ބޭނުން ކުރަމާ ހިނގާށެވެ.