ނިދާއިރު ދެމޭ ގުގުރީގެ ޝަކުވާއަކީ އާއިލާގެ ފަރާތުން ގިނަ ބައަކަށް ކުރިމަތިވާ ޝަކުވާއެކެވެ. ކައިރީގައި އޮންނަ މީހަކަށް ނިދަން ނުކުޅަދާނަވާ ވަރަށް ބައެއް މީހުންގެ ގުގުރީގެ އަޑު ހިފާލާފައި ހުރެ އެވެ.
މިއީ ކީއްވެގެން ވާ ކަމެއް ކަމާމެދު ވިސްނައި އެކަމަށް ފަރުވާ ހޯދަނީ މަދު ބައެކެވެ. މި ލިޔުމުގައި މި ބަލާލަނީ ގުގުރި ދެމުމުގެ ބައެއް ސަބަބުތަކަށެވެ.
ސްލީޕް އެޕްނިއާ
ގުގުރި ދެމުމަކީ ނިދުމުގެ ބައްޔެއް ކަމަށްވާ ސްލީޕް އެޕްނިއާގެ އެއް އަލާމާތެވެ. ދުނިޔޭގެ ކޮންމެ ވިހި މީހަކުން އެކަކަށް މި ބަލީގެ އަސަރުކުރާއިރު ގިނަ މީހުންނަށް މިކަން ހުންނަކަން ވެސް ނޭނގެ އެވެ. ސްލީޕް އެޕްނިއާގެ ސަބަބުން ނިދާފައި އޮންނައިރު ކަރުގެ މަސްތައް ފުފުމުގެ ސަބަބުން ނޭވާ ހޮޅި ބެދި ނޭވާ ހާސްވާގޮތްވެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން
ނިދުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ސިނގިރޭޓުގެ ދުމުގެ ސަބަބުން އަނގައާއި ނޭފަތުގެ ކައިރީގައި ހުންނަ ސޮޕްޓް ޓިޝޫތައް ދުޅަވެ ނޭވާ ހޮޅި ބެދޭ ގޮތްވެ އެވެ. މީގެ އިތުރުން ވެސް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނޭވާލާ ނިޒާމުގައި ކުނޑި އުފެދެން ދިމާވާ ކަމެކެވެ. ނަތީޖާއަކަށް ވަނީ ގުގުރި ދެމުމެވެ.
ނިދަން އޮވެވޭ ގޮތް
ނިދަން އޮވެވޭ ގޮތުގެ ސަބަބުން ވެސް ގުގުރި ދެމުން އިތުރުވެ އެވެ. އެގޮތުން ބަންޑުން އޮވެ ނިދުމަކީ ގުގުރި ދެމުން އިތުރުވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. ދިރާސާތައް ދައްކާ ގޮތުގައި ނިދަން އޮންނަ ގޮތް ބަދަލުކުރުމަކީ ގުގުރި ދެމުމަށް ހައްލެއް ލިބިދާނެ ކަމެކެވެ.