ތުއްތު ކުދިންގެ ހަންގަނޑަކީ ނާޒުކު ހަންގަނޑަކަށް ވާއިރު ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށްޓަކައި ގިނަ ކަންކަމަށް ސަމާލުވާން ޖެހެ އެވެ.

އެގޮތުން ތުއްތު ދަރިފުޅު އަވަސް އަވަހަށް ފެންވެރުވުމަކީ ހަންގަނޑު ހިކުމުގެ މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް ގިނަވެގެން ދެ ފަހަރު ފެންވަރުވާށެވެ.

ހަންގަނޑު ހިކުމަށް އަދި އިތުރު މައްސަލަތައް ދިމާވެދާނެ ފަދަ ބާރުގަދަ ސައިބޯނި ބޭނުންކުރުމުން ދުރުހެލިވާށެވެ. އަދި ސައިބޯނީގެ ބަދަލުގައި އާދައިގެ ކްލީންސާއެއް، ނޫން ނަމަ ބައެއް ދުވަސްދުވަހު ހަމައެކަނި ފެން ފޮދަކުން ދަރިފުޅު ފެންވެރުވި ދާނެ އެވެ. ފެން ހުންނަންވާނީ ތާފަނާކޮށެވެ. އަދި ފަހަރަކު 10 މިނިޓަށް ވުރެ ގިނައިރު ތުއްތު ދަރިފުޅު ފެނާއެކު ނުބަހައްޓާށެވެ.

ފެންވަރުވާ ނިމުމުން މަޑު ތުވާއްޔަކުން މަޑުމަޑުން ފެން ހިއްކާށެވެ. އަދި ހަމަ ވަގުތުން ތުއްތު ދަރިފުޅުގެ ހަންގަނޑުގައި އެކަށީގެންވާ ފަދަ މޮއިސްޗަރައިޒާއެއް އުނގުޅާށެވެ.

ފެންވެރުމުން ތާޒާކަންމަތީ ހުންނަ އިރު ހަންގަނޑުގައި ހުންނަ ލޯވަޅުތައް (ޕޯސް) ވަރަށް ބޮޑަށް ހުޅުވެ އެވެ. ނަތީޖާއެއްގެ ގޮތުން، އެންމެ އެދެވޭ ގޮތެއްގައި ލޯޝަންގެ އަސަރު ހަންގަނޑަށް ފޯރަ އެވެ.

މިހެން ހެދުމުން، ހަމުގައި ތެތްކަން ހިފަހައްޓައިދީ އަދި ގިނަ އިރުވަންދެން ހަންގަނޑު މަޑުކޮށް ބަހައްޓައިދެ އެވެ.