ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ނިދަން ޖެހެނީ އަށް ގަޑިއިރުގައިކަން ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ.

ސައިންސްވެރިން ބުނާގޮތުގައި އިންސާނާއަށް އެންމެ ގިނަވެގެން މެދުނުކެނޑި ނިދުން އެންމެ ރަނގަޅީ އަށް ގަޑިއިރަށެވެ. އަދި މަދުވެގެން ވެސް ނިދަން ޖެހެނީ އަށް ގަޑިއިރަށެވެ. މިއަށް ވުރެ ގިނައިން ނޫނީ މަދުން ނިދުން ބަދަލުކޮށްފިނަމަ މިކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑާއި ވިސްނުމަށް ބަދަލުތައް އާދެ އެވެ.

ވަރަށް ފަހުން ކުރި ދިރާސާ އެއްގައި ސައިންސްވެރިން ބުނެފައި ވަނީ ރޭގަނޑު އަށް ގަޑިއިރަށް ވުރެ ގިނައިން ނިދުމަކީ ސިއްހީ އެކި މައްސަލަތަކާ ހެދި މީހާ އަވަހަށް މަރުވުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށެވެ. އެގޮތުން، ނޭވާލާ ނިޒާމަށް މައްސަލަތައް ޖެހި، ހިތުގެ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ކީލް ޔުނިވަސިޓީން ހެދި އެ ދިރާސާއެއްގައި ބުނެފައިވެ އެވެ.

ދުވާލަކު 10 ގަޑިއިރު ނޫނީ ދިހަ ގަޑިއިރަށް ނިދައިފި ނަމަ އެ މީހަކަށް ހަކުރުބަލި ޖެހުން ވަރަށް ގާތެވެ. އަދި ފަލަވުމާއި ބޮލުގައި ރިއްސުމުގެ މައްސަލަ ވެސް ކުރިމަތިވާނެ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި 7-8 ގަޑިއިރަށް ނިދާ މީހަކާ އާޅާބަލާއިރު 9-10 ގަޑިއިރަށް ނިދާ މީހަކު މިނަށް ވުރެ ފަލަވުމުގެ ބިރު 21 ޕަސެންޓް އިތުރެވެ. ކެއުން އެއްވަރެއްގައި ހިފަހައްޓައި ކަސްރަތު ކުރިޔަސް ގިނައިން ނިދާ މީހުން ފަލަވުމުގެ ފުރުސަތު ބޮޑެވެ. އެއާއެކު މާ ގިނައިރަށް ނިދާނަމަ ބުރަކަށީގައި ރިއްސުމާއި ޑިޕްރެޝަންގެ މައްސަލަ ވެސް ކުރިމަތިވެ އެވެ.

ނިދުމަށް ވުރެ ގިނައިން ކަސްރަތު ކުރުމުން ގައިގެ ރިހުންތައް ރަނގަޅުވާނެ އެވެ. މިކަންތައްތައް ހައްލުކުރަން އަށް ގަޑިއިރަށް ނިދަން މަސައްކަތް ކުރަން ޖެހޭނެ އެވެ. މާ ގިނައިން ނިދޭ ނަމަ ނުވަތަ ނިދި އަންނަ ނަމަ ޑޮކްޓަރަކަށް ދައްކައިގެން މިކަން ހައްލުކުރުން ވަރަށް މުހިންމެވެ.