މިއަދު ފަށަން ހަމަޖެހިފައިވާ އިންޑިއާގެ އަންހެނުންގެ ކްރިކެޓް ލީގު "ޑަބްލިއުޕީއެލް" ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ހާއްސަ ހުށައެޅުމެއް ފެނިގެންދާނެ އެވެ.

ޑަބްލިއުޕީއެލްގައި ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ލީގު ހުޅުވުމުގެ ރަސްމިއްޔާތު އިތުރަށް ފުރިހަމަކޮށްދޭނީ ބޮލީވުޑްގެ "ކިންގް ޚާން" ކަމަށެވެ.

ޝާހްރުކް ޚާންގެ އިތުރުން ވެސް މި ރަސްމިއްޔާތުގެ ތެރެއިން ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ކާތިކް އާރްޔަން، ޓައިގާ ޝްރޮފް، ސިދްހާތު މަލްހޯތުރާ އަދި ޝާހިދު ކަޕޫރުގެ ހުށައެޅުންތައް ހިމެނެ އެވެ.

ފަންނާނުންގެ ހުށައެޅުންތަކަށްފަހު ލީގުގެ ފުރަތަމަ ފެށޭނެ އެވެ. މެޗު އޮންނާނީ މުމްބާއީ އިންޑިއަންސްއާއި ދިއްލީ ކެޕިޓަލްސްއާ ދެމެދު އެވެ.

ޑަބްލިއުޕީއެލް ހުޅުވުމުގެ ރަސްމިއްޔާތު މީޑިއާނެޓްގެ ޗެނަލް 888 (އައިސް ޕްލަސް)އިން މިއަދު ހަވީރު 6:00 އިން ފެށިގެން ވަގުތުން ދުރަށް ދައްކާނެ އެވެ.